Close

އައްޑޫ ސިޓީ ހިތަދޫގެ ޓޫރިޒަމް ޒޯން ތަރައްޤީ ކުރަން ހުޅުވާލައިފި!

އައްޑޫ ސިޓީ ހިތަދޫގެ ޓޫރިޒަމް ޒޯން ކަމަށްވާ އީދިގިލި ތަރައްޤީކުރަން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ އީދިގަލި ޓޫރިޒަމް ޒޯން ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލައިގެން ތަރައްޤީ ކުރުމަށް ދޫކުރާ ޒޯނަކީ 21،007.39 ފޫޓުގެ ތަނެއް ކަމަށާއި، އެ ތަނުގައި ތަރައްޤީ ކުރެވޭނެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ހުންނަންވާނެ ކަމަށް އެ އިޢްލާންގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދު ކުއްޔަށް ދޫކުރަނީ 50 އަހަރަށް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑިން ޑޮކިއުމެންޓް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން މެންދުރު 12:30 އިން ލިބޭނެ ކަމަށާއި، މި މަސައްކަތުގެ ބިޑްސެކިޔުރިޓީއެއްގެ ގޮތުގައި ދިވެހި ކުންފުނިތަކުން 10،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 700 ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ ރީފަންޑު ނުވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެހެންކަމުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓާއި އެހެނިހެން ލިޔެކިންތައް ހަމަކޮށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެސް ވައުދުފުޅެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top