ޚިދްމަތްތެރި ދެދައުރު އިލެކްޝަންސް ކޮމިޝަންގައި ހޭދަކުރެއްވުމަށްފަހު އެކޮމިޝަންގެ ނައިބް ރައީސްކަން ކުރެއްވެވި އިސްމާއިލް ޙަބީބް އެމަޤާމުން ވަކިވެވަޑައިގެންފިއެވެ.
ފަސްއަހަރުގެ ދެދައުރު ޙަބީބް އީސީގައި ޚިދްމަތް ކުރެއްވެވި އިރު ޙަބީބް އީސީގެ ރައީސްގެ މަޤާމަށް އައްޔަނު ކޮށްފައިވަނީ 2021 ވަނަ އަަހަރުއެވެ. އަދި އިީސީގެ މެމްބަރުކަމަށް ޙަބީބް އައްޔަނުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ.
ދެދައުރަށްފަހު ޙަބީބް އީސީއިން ވަކިވެވަޑައިގަތީ އެކޮމިޝަންގެ ޤަވާއިދާއި އެއްގޮތަށެވެ. އީސީގެ ޤަވާއިދުގައި ވާގޮތުން ކޮމިޝަންގެ މެންބަރުކަން އެންމެ ގިނަވެގެން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރުގައެވެ. ޙަބީބަކީ ކުރިން މުދައްރިސެއްގެ މަޤާމުވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޙަބީބް އަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޙަބީބް އީސީހެ ނައިބު ގެ މަޤާމުން ވަކިވެ މިހާރު އީސީގެ ނައިބު ރައީސް އެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ އީސީގެ މެމްބަރު އަލީ ނަޝާތެވެ.






