މޯލްޑިވިއަން އިން އެތެރޭގެ އުދުހުން ތަކަށް ޚާއްސަ ޕްރޮމޯޝަނަލް ފެއަރ އެއް ފަށައިފިއެވެ.
މޯލްޑިވިއަނުން ބުނެފައިވަނީ މި ޕްރޮމޯޝަނަލް ފެއަރގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެ ކަމަށެވެ.
އެގޮތުން ދަތުރުކުރަން ހަމަޖެހިފައިވާ ރަށްތަކަކީ ހަނިމާދޫ، އިފުރު ، މާފަރު ، ކައްދޫ ، ކޫއްޑޫ ، ކާޑެއްދޫ ، ފުވައްވުލަކުގެ އިތުރުން ސ. ގަމެވެ. އެ ރަށްތަކަށް އެއްކޮޅު ޓިކެޓް ދޫކުރާ އަގުތަކަކީ:-
- ސ. ގަމަށް - 1،222ރ.
- ފުވައްމުލައް - 1،155ރ.
- ގދ. ކާޑެއްދޫ - 1،333ރ.
- ގއ. ކޫއްޑޫ - 1،111 ރ.
- ލ. ކައްދޫ - 1،055ރ.
- ނ. މާފަރު - 999ރ
- ރ. އިފުރު - 999ރ.
- ހދ. ހަނިމާދުއަށް - 1،111ރ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ.
އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ޚިދުމަތް ލިބިގެން ދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.







