Close

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓް އިތުރުކޮށްފި!

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓް އިތުރުކޮށްފިއެވެ.
ފަވަރަ އަކީ އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވާ ފަސޭހައާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތަޢާރަފްކުރި ޚިދްމަތެކެވެ.
މީގެ ކުރިން ފަވަރައިގެ ފަވަރަ ޓްރާންސްފާގެ ޚިދްމަތުން ފަހަރަކު 50،000ރ.އާ ހަމައަށް ފޮނުވެއެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް ފަހަރަކު 5،000ރ.އާ ހަމައަށް ފޮނުވެއެވެ.

މިއަދު އަމަލުކުރަން ފެށި އައު ލިމިޓާއި އެކު ފަވަރަ ޓްރާންސްފާ މެދުވެރިކޮށް ފަހަރަކު 200،000ރ.އާ ހަމައަށް ފޮނުވޭނެއެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮސް ފަހަރަކު 10،000ރ.އާ ހަމައަށް ފޮނުވޭނެއެވެ.
އެހެން ނަމަވެސް، ބޭންކުތަކުން އަމިއްލައަށް ކަނޑައަޅާ ލިމިޓުތައް އެޕްލައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ފަވަރަ އައިޕީއެސްގައި މިވަގުތު ބައިވެރިވަނީ ފަސް ބޭންކަކުންނެވެ.
އެބޭންކް ތަކަކީ:-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)

ބޭންކް އޮފް ސިލޯން (ބީއޯސީ)

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top