Close

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަކަށް ޑރ ޔާސިރު އައްޔަނުކޮށްފި!

އައްޑޫ އިކިއުޓޯރިއަލް ހޮސޕިޓަލްގެ ސީއީއޯ އަަކަށް ޑރ އިބްރާހިމް ޔާސިރު ހަމަޖައްސަވައިފިއެެވެ.

މިކަން އެހޮސްޕިޓަލުން ހާމަކޮށްފައިވަނީ އެހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައެވެ.

މި މަޤާމަށް ޑރ. ޔާސިރު އައްޔަންކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.ޑރ. އިބްރާހިމް ޔާސިރަކީ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ.

ޑރ. ޔާސިރު ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރުގެ ސެނެހިޔާއާއި މެޑިކާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާފައެވެ.

އަދި ޞިއްޙީ ވުޒާރާގައި ހެލްތު ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްކަމާއި އައިޖީއެމްއެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމުވެސް ޑރ. ޔާސިރު ވަނީ އަދާކުރައްވާފައެވެ.

ޑރ. ޔާސިރު ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވަނީވެފައެވެ. މީގެ ކުރިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަން އަދާކުރައްވާފައިވަނީ ޑރ. މުޙައްމަދު ޞާލިހެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top