Close

ރާއްޖެއައި ޕާކިސްތާން މީހެއްގެ އަތުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފި!

ރާއްޖެ އައި ޕާކިސްތާން ރައްޔިތެއްގެ އަތުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަންޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި އެމީހަކީ ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށާއި އެމީހާގެ އަތުން 5 މިލިއަންއަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުިލައިގެންފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އިން އިތުރަށް ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ.

މިގޮތުން އޭނާގެ ލަގެޖް ގައި މަސްތުވާ ތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ބަލައި ފާސްކުރަނިކޮށް މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ތަހުލީލު ކުރިކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ،،

ތަހުލީލުތަކުން އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮސިޓިވް ވެފައިވާ ކަމަށާއި، މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 5.30 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތުގައި ބުނެފައިވެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގަކީ 5,300,000 ރުފިޔާ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު ޕާކިސްތާނު މީހާ މަސްތުވާތަކެއްޗާއި އެކު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްއޓަމްސްއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top