Close

މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ!

މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ކުރި އިޢްލާނެއްގައި ބުނެފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދު، އަދި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގައި ފިތުރު ޢިދު ނަމާދުގެ ބޮޑުޖަމާޢަތް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ތަންތަނުގެ އިތުރުން އިސްލާމީ މަރުކަޒާއި އެ މިސްކިތުގެ ސަރަހައްދާއި ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދުގައިވެސް ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަހައްދުގައި ޢީދުނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ ބޭފުޅުންގެ ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާ އަދި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށވްެސް އިޢްލާނުގައިވެއެވެ.

ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގެ ވަގުތުގައި އަވި އަރައި ޖަމާޢަތުގެ ނަމާދުގައި ތިބޭ ވަގުތު ތަކްލީފުތަކެއް ކުރިމަތިވާތީ، ގިނަބައެއް އެކަމުގެ ޝަކުވާ ކުރުމާ ގުޅިގެން ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ގަޑި 7:00އަށް އަވަސްކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަޝްވަރާތަކަށް ފަހު ޢީދު ނަމާދުގެ ޖަމާޢަތް ފަށާނެ ވަގުތެއް ޢިލްމުވެރިން ނިންމާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top