Close

ތިލަފުށީގެ ދެވަނަ ފިޔަވަހިން ވިޔަފާރީގެ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލައިފި!

ތިލަފުށީ ދެވަނަ ފިޔަވަހި ސަރަހައްދު. ފޮޓޯ" ޕީއެސްއެމް

ތިލަފުށީގެ ދެވަނަ ފިޔަވަހިން ވިޔަފަރީގެ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ، އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި https://bids.hdc.mv/ ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައިވާކަމަށެވެ.

އެ ކޯޕަރޭޝަނުން ވަނީ ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ނިންމާފައެވެ.

އެގޮތުން ވިއްކާ ޕްލޮޓްތަކުގެ ސައިޒާއި ޢަދަދު:

• 2،500 - 4،999 އަކަފޫޓުގެ 64 ޕްލޮޓް

• 5،000 - 9،999 އަކަފޫޓުގެ 42 ޕްލޮޓް

• 10،000 - 14،999 އަކަފޫޓުގެ 2 ޕްލޮޓް

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެކަން އެޗްޑީސީން ފާހަގަކުރެއެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެއެވެ.

އެޗް.ޑީ.ސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ތިލަފުށީގައިސިނާއީ އެތައް މަސައްކަތެއް ކުރަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top