އަމިއްލަ ފަރާތަކުން އައްޑޫސިޓީ ހުޅުދޫގައި މިސްކިތެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ މުޙައްމަދު ސާލިޙްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކުރީ މިއަދު އިސްލާމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމަކީ މި އެއްބަސްވުމަކީ އައްޑޫ ސިޓީ، ހުޅޫދޫ “މޫންލައިޓް” ކިޔާ ގޯތީ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ.
މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.






