Close

ރޯދައަކީ މުސްލިމިންގެ އަޚްލާޤް ތަހްޒީބުކޮށްދޭ އަޅުކަމެއް: ހުކުުރު ޚުތުބާ

ރޯދައަކީ މުސްލިމުންގެ އަޚްލާޤް ތަހްޒީބް ކޮށްދެ އަޅިކަމެއް ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

“ރަމަޟާން މަހާއި ދިރިއުޅުން” މި މަޢުޟޫއަށް ދިން މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ރޯދައަކީ މުސްލިމުންގެ އަޚްލާޤް ތަހްޒީބުކޮށް ތަރައްޤީ ކޮށްދޭ އަޅަކެއް ކަމަށެވެ. އެގޮތުން ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާކަމަށާއި، މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށް ޚުތުބާގައު ބުނެފައިވެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހޭ ކަމަށްވެސް މިއަދުގެ ހުކުރު ޙުތުބާގައި ވަނީ ބުނެފައެެވެ.

ޚުތުބާގައި ބުނެފައިވަނީ ރޯދަވެރިޔާ އަޚްލާޤު ރަނގަޅު ނުކުރުމަކީ ރޯދައިން ލިބޭ ދަރުމަ އުނިވާނޭ ކަމެއް ކަމަށެވެ. އަދި އެހާރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމަަށް ޚުތުބާގައި ބުނެފައިވެއެވެ.

“މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެ، މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެ، ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް” މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަމަށްވެސް ޚުތުބާގައި ބުނެފައިުވެއެވެ.

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށް މިއަދުގެ ޚުތުބާގައި ހަނދުމަ ކޮށްދިނެވެ. އަދި ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވުމަށާއި، ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

“މާތް ﷲ ގެ ރަޙްމަތާއި ފުއްސެވުން ލިބެންއޮތީ މާތް ﷲ އަށް تَقْوَى ވެރިވެ، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ގެ އަމުރުފުޅުތަކަށް ކިޔަމަން ވެގެން” ޚުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top