Close

ބީސީސީއިން ލ.ފޮނަދޫގައި ކްރިއޭޓަރސް ކޮންފުލުއެންސް ބާއްވައިފި!

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އިން ލ.އަތޮޅު ފޮނަދޫގައި ކްރިއެޓާސް ކޮންފުލެއެންސް އެއް ބާއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ބީސީސީން ކުރިއަށް ގެންދާ ކޮންފުލުއެންސެކެވެ.

ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ލ.ފޮނަދޫގައި ބޭއްވި މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ވަނީ ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދީފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ކޮންފުލުއެންސްގެ ހަވާސާގައި ބީސީސީން ވަނީ، ލ.ފޮނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ބީސީސީން ވަނީ ލ.ފޮނަދޫގައި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ދަތިތައް އޮޅުންފިލިވައި ގުޅިގެން ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާ ކޮށްފައެވެ.

ބީސީސީން ބުނެފައިވަނީ ފުރިހަމަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރެވޭނީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެން ކަމަށެވެ. އެހެންކަމުން މިފަދަ ކޮންފުލުއެންސްތަކަކީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކޮންފުލުއެންސް ތަކެއް ކަމަށްވެސް ބީސީސީން ބުނެއެވެ.

ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top