ނުދެއްކި ގިނަ ދުވަސްވެ ޖޫރިމަނާވެފައިވާ ކަރަންޓް ބިލްތަކާއި ފެންބިލް ތަކުގެ ޖޫރިމަނާ ރައީސް ޑރ މުޙައްމަދު މުޢިއްޒު މަޢާފްކޮށްދެއްވައިފިއެވެ.
ރަައީސް ޑރ މުޢިއްޒު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމައިފައިވާ ކަމަށެވެ. އަދި ކަމޭބެހޭ ކުންފުނިތަކަށް ވާނީ އެކަން ދަންނަވާފައިކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އަދި ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވާނީ ދަންނަވާފައި” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ…
— Dr Mohamed Muizzu (@MMuizzu) March 24, 2024
ކަރަންޓް ބިލްތަކާއި ފެންބިލްތަކުގެ ޖޫރިމަނާ ރައީސް ޑރ މުޢިއްޒު މަޢާފްކޮށްދެއްވައިފައިވާއިރު ރަމަޟާން މަހު ކަރަންޓްބިލާއި ފެންބިލް އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށްވެސް ރައީސް މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެގޮތުން މިކަމާއި ގުޅޭ މަޝްވަރާތައް ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް ކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.






