އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމްތަކުގެ ތެރެއިން އަތޮޅު އިޙްޔާގެ ހަތަރުވަނަ ފޯރަމް މިހަފްތާގެ އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކުގައި އޮންނާނެއެވެ.
ފުވައްމުލަކު ހާފިޒު އަޙްމަދު ސްކޫލްގެ ހޯލްގައި ބާއްވާ މި ފޯރަމްގައި ދީނީ މަޢުލޫމާތު ދެއްވާނީ އައްޝައިޚް އަހްމަދު އަނީލް އެވެ.
މި ފޯރަމްގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ “ދީނާއި ދުރުވުމާއި ދީނުގައި ހައްދުފަހަނަ އެޅުން” މި މައުޟޫއަށެވެ.
މި ފޯރަމް ފެށޭނީ އަންގާރަދުވަހުގެރޭ 21:45 ގައެވެ.
އަތޮޅު އިޙްޔާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވައިފައިވަނީ ހައްދުންމަތީ ފޮނަދޫގައެވެ. މި ފޯރަމްގައި ދީނީ މައުލޫމާތު ދެއްވައިފައިވަނީ އިސްލާމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ.
ދެވަނަ އަތޮޅު ފޯރަމް އޮތީ ބ.އޭދަފުށީގައެވެ. އަދި މި ފޯރަމްގައި ދަރުސް ދެއްވީ އައްޝައިޚް އަޙްމަދު މާޖިދުއެވެ.
ތިންވަނަ އަތޮޅު ފޯރަމް ބޭއްވުނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގައެވެ. މި ފޯރަމްގައި މަޢުލޫމާތު ދެއްވީ އައްޝައިޚް އަޙްމަދު އިމްޠިޠާއު އެވެ.







