Close

ފުވައްމުލަކުގައި ފަތުރުވެރިއެއްގެ އަގުބޮޑު މުދާތަކެއް ފޭރުނު މައްސަލައެއް ބަލަނީ!

ފުވައްމުލަކު ސިޓީ ގައި، ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިއެއްގެ އަގުބޮޑު މުދާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ ހާދިސާ ހިނގި ގޮތް އެކަން ދިމާވި ފަތުރުވެރިޔާ ކިޔައި ދިން ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިމައްސަލައާއި ގުޅިގެން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

އަދި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިހާދިސާ ދިމާވި ފަތުރުވެރިޔާ ބުނެފައިވަނީ ލަފާކުރެވެނީ އެއީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމުގައި ކަމަށެވެ.

އާންމުވެފައިވާ ފަތުރުވެރިޔާގެ ވީޑިއޯގައީ އޭނާ ބުނެފައިވަނީ އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގުގެ ވާހަކަ ދެއްކި ކަމަށެވެ.

އެ ކުދިން ދިޔަ ފަހުން ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭރު ޑްރޯން އާއި ދެ ދަބަސް ބޭއްވީ ތުވާލި ދަށުގައިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top