Close

މާލޭގައި ޢާންމުކޮށް ކުނި އަޅާ ދިހަ ތަނެއްގެ ނަން އާންމުކޮށްފި!

މާލޭގައި ޢާންމުކޮށް ކުނި އަޅާ ދިހަ ތަނެއްގެ ނަން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމް އާންމުކުރައްވައިފައެވެ.
އިއްޔެ މޭޔަރު ޢާޒިމް ކުރައްވައިފައިވާ ޓްވީޓެއްގައި މާލޭގައި ޢާންމުކޮށް ކުނިއަޅާ 10 ތަނެއްގެ ނަން އާންމުކޮށްފައިވާއިރު އެތަންތަނަކީ:-
• އަލަމާ ގޯޅި
• ކެނެރީ ގޯޅި
• ހަދީބީ މަގު އޯޑިއޯން ގޯޅި
• މާވެޔޮމަގު ފަތަހަ ކަންމަތި
• ހެންވޭރު ސަހަރާ ކަންމަތި/ ކާސިންޖީ މަގު
• ބަރުޖޯރާ ގޯޅި ކަންމަތި
• މ.ޕިއްޒާ ބޯނާ ކަންމަތި
• ދިލްބަހާރު މަގު، ދަނގަޑު ކެނޑިގޯޅި ކަންމަތި
• ޖަމާލުއްދީން ސްކޫލް ކުރިމަތި ހަނި ގޯޅި
މީގެއިތުރުން މާލޭގެ ސަރަހައްދުތަކަށް ކުނި އަޅާ މީހުންގެ ވީޑިއޯ އާއި ފޮޓޯ ހިއްސާ ކޮށްދިނުމަށް މޭޔަރ އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

ރަމަޟާން މަހަށް ގޭތެރެ ސާފުކޮށް ގިނަ ބަޔަކު ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ވަނީ ކުނި އަޅައިފައެވެ. އަދި އެކުނިތަކުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކަށް އުނދަގޫވެ އެކަމުގެ ޝަކުވާ ތަކާއި އެކު އެކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ކޮށްފައެވެ. އަދި އޭގެ ފަހުން އަޅަމުންދާ ކުނިތައް ސާފުކުރުމުގެ މަސައްކަތްވެސް އެކައުންސިލުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top