Close

އުރީދޫއިން އައްޑޫ ސިޓީގެ އިސްރަށްވެހިންނާއި އެކު ރޯދަވީއްލުމެއް ބާއްވައިފި!

އުރީދޫއިން އައްޑޫ ސިޓީގެ އިސްރަށްވެހިންނާއި ޒުވާނުންނާއި އެކު ރޯދަވީއްލުމެއް ބާއްވައިފިއެވެ.

މިއީ އުރީދޫން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއެކު"ގެ ދަށުން ބޭއްވުނު ފުރަތަމަ ރޯދަ ވީއްލުމެވެ.

އެ އިވެންޓުގެ މަޤްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އުރީދޫ އިން ބުނެފައިވެއެވެ. އަދި އެ ސީރީޒްގެ ދަށުން ރާއްޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވީއްލުން ބޭއްވުމަށް އުރީދޫން ވަނީ ރާވައިފައެވެ.

އިސްރަށްވެހިންނާއެކު ބޭއްވި އެ ރޯދަ ވީއްލުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ އެފަދަ ހަރަކާތްތައް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުން ކަމަށާއި އަދި އެ ހަރަކާތްތައް މެދުވެރިއަކަށްވެ، މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅައިލާ މުޖުތަމައެއް އުފެއްދުން ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top