އަތޮޅު އިޙްޔާގެ ފަސްވަނަ ފޯރަމް މިމަހުގެ 27 ވަނަ ރޭ އައްޑޫ ސިޓީގައި އޮންނާނެއެވެެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ބާއްވާ މިފޯރަމްގައި ދީނީ މަޢުލޫމާތު ދެއްވާނީ އައްޝައިޚް މުޙައްމަދު ސިނާންއެވެ.
މިފޯރަމްގައި މަޢުލޫމާދު ދިނުމަށް ހަމަޖެހިފައިވަނީ “ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް” މިމަޢުޟޫއަށެވެ.
މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ހައި ސްކޫލްގައި 27 މާރޗް ވާ ދުވަހުގެރޭ 21:45ގައެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތައް އަތޮޅުތަކުގެ އިތުރުން މާލެ ސިޓީގައި ވެސް ދަނީ ބާއްވަމުންނެވެ.
އެގޮތުން ދީނީ ޢިލްމު ވެރިން އެކި އެކި މައުޟޫތަކަށް މައުލޫމާތު ދެއްވާ ފޯރަމް ތަކާއި މާލޭގެ ސްކޫލްތަކުގައި މަތީ ޘާނަވީއަށް ކިޔަވަމުންދާ ދަރިވަރުން ހުށައަޅައިދޭ ފޯރަމްތަކެއްވެސް ދަނީ ބާއްވަމުންނެވެ






