Close

ރަޝިޔާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވަވައިފި!

ރަޝިޔާގެ މޮސްކޯގައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މުޢިއްޒުގެ މިމެސެޖުގައި ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ރައީސް ޑރ މުޢިއްޒު ފާހަގަކުރައްވައިފައިވެއެވެ. ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.

މި ހަމަލާގައި 100އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top