Close

މަޖިލިސް އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓު އިޢްލާނުކޮށްފި!

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އިޢްލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަސް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

މިއިންތިޚާބުގައި ވޯޓްލުމަށް ހައްޤު ލިބިފައިވާ މީހުންނަށް ރީރެޖިސްޓަރ ކުރުމަށް ހުޅުވައިލި ފުރުސަތަށް ފަހު ފައިނަލް ލިސްޓު އިޢްލާނުކޮށްފައެވެ.

އެގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284،663 ވޯޓް ލުމުގެ ހައްޤު ލިބެއެވެ. އޭގެ ތެރޭގައި 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެއެވެ.

މި އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް، އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ.

މިފޮށި ތަކުގެ އިތުރުންވެސް ރާއްޖޭން ބޭރުގައި، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކުން 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top