Close

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ހުޅުވާލަނީ!

ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓުގައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ސޮއިކުރެއްވުމަށް ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އީސީ އިން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 2024 މާރިޗު 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ނިޔަލަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި ކަމަށާއި، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމަށް ހަމަޖެހިފައިވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއްގެ އިތުރުން ރަޖިސްޓަރީގައި ސޮއިކުރަން އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓްގައި ކެންޑިޑޭޓުން ސޮއި ކުރުން ކުރިއަށްދާނީ އާދީއްތަ އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އާއި ރޭގަނޑު 09:00 އިން 12:00 އަށް ކަމަށް އިލެކްޝަންސް އިން ބުނެފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top