ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހާމައަށް ހުރި ޓްރާންސްފޯމަރުތަކުގެ މަައްސަލަ ހައްލުކުރައްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހުޅުމާލެގެ މަގުތަކުގައި ބަހައްޓައިފައިހުރި ޓްރާންސްފޯމަރުތަކާއި ބެހޭގޮތުން ރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ އާޓިކަލް އެއް ޓްވިޓާރ ގައި ހިއްސާކުރައްވަމުން ފަހުމީ ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވަނެ ކަމަސް ވިދާޅުވެފައެވެ.
ފަހުމީ ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން އިހުމާލުވެފައި ހުރި އެފަދަ ހުރިހާ ކަމަކަށް އެޓެންޑްވެ އެކަންކަމަށް ޙައްލުހޯދައިދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން ގެންދަވާކަމަށެވެ.
“ރައްޔިތުންގެ ކަންބޮޑުވުމަކަށްވާ މިފަދަ ކޮންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙައްލު ކުރުމުގެ ލަޔާޤަތާއި ޤާބިލްކަން މި ސަރުކާރުގައި ހުންނާނެ” ފަހުމީ ވިދާޅުވެފައެވެ.
މާތްﷲގެ ވާގިފުޅާއެކު، ކުރީ ސަރުކާރުން އިހުމާލުވެފައި ހުރި މިފަދަ ހުރިހާ ކަމަކަށް އެޓެންޑްވެ އެކަންކަމަށް ޙައްލުހޯދައިދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ މި ސަރުކާރުން. ރައްޔިތުންގެ ކަންބޮޑުވުމަކަށްވާ މިފަދަ ކޮންމެ ކަމެއް… https://t.co/R5aH54JGv0
— Hussain Fahmy (@u09HussainFahmy) March 27, 2024
ހުޅުމާލޭގައި ހުރި ކަރަންޓް ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ޒުވާނަކު ދާދި ފަހުން ވަނީ ކަރަންޓުގައި ޖެހި ނިޔާވެފައެވެ. މިހާދިސާ އާއި ގުޅިގެން ކަރަންޓް ޓްރާންސްފޯމަރުތައް ހާމަޔަށް ހުންނަ ހުރުމާއި މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






