Close

ރަމަޟާން މަހުގެ ފަހުދިހައަކާއި ދިމާކޮށް ޝައިޚް އިބްރާހިމް މެންކުގެ ޚާއްސަ ދަރުސްތަކެއް ބާއްވަނީ!

ރަމަޟާން މަހުގެ ފަހުދިހައަކާއި ދިމާކޮށް ޝައިޚް އިބްރާހިމް މެންކުގެ ދަރުސްތަކެއް މާލޭގެ ސަލްމާން މިސްކިތުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އެއްބާރުލުމާއި އެކު ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އަލް ޢަސްރުން އިންތިޒާމް ކުރާ މިދަރުސްތައް ކުރިއަށްގެންދާނީ އިނގިރޭސި ބަހުންނެވެ.

މިސިލްސިލާ ދަރުސްތަކުގައި ޝައިޚް އިބްރާހިމް މެންކް ވާހަކަފުޅުދައްކަވާނީ ރަސޫލާ ޞައްްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅާއި ބެހޭގޮތުންނެވެ.

މީގެ އިތުރުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ތަޖުރިބާ ކުރެއްވެވި ގޮތުގެ މައްޗަށެވެ.

ޝައިޚް އިބްރާހިމް މެންކަކީ ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top