Close

ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ!

މާލޭގެ މިސްކިތެއް. ފޮޓޯ"ޕީއެސްއެމް

މި ހިނގާ ރަމަޟާން މަހުގެ ފަހުދިހައެއްގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ޖަމާޢަތުގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނެފައިވަނީ ދަމު ނަމާދުކުރާނީ މާލޭގެ 18 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 11 މިސްކިތެއްގައި ކަމަށެވެ.

މާލޭ ސަރަހައްދުގައި އިއުތިކާފަށް ތިބެވޭ ގޮތަށް ހަމަޖައްސާފައިވަނީ 16 މިސްކިތެކެވެ. އެއީ މާލޭގެ 8 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތެކެވެ.
ދަމު ނަމާދުކު ކުރާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ:-
1. އިސްލާމީ މަރުކަޒު - މާލެ
2. މަސްޖިދު މަލިކި ސަލްމާން - މާލެ
3. ވިޔަފާރިވެރިންގެ މިސްކިތް - މާލެ
4. ބަންޑާރަ މިސްކިތް - މާލެ
5. ދުނބުރި މިސްކިތް - މާލެ
6. ތައިބާ މިސްކިތް - މާލެ
7. މާވެޔޮ މިސްކިތް - މާލެ
8. މަސްޖިދުއް ސަލާހުއްދީން - މާލެ
9. ފުރުގާން މިސްކިތް - މާލެ
10. ޖަލާލުއްދީން މިސްކިތް - މާލެ
11. ނޫރު މިސްކިތް - މާލެ
12. އިބްރާހިމް މިސްކިތް - މާލެ
13. ޝަހީދު އަލީ މިސްކިތް - މާލެ
14. އިސްކަންދަރު މިސްކިތް - މާލެ
15. ފަނޑިޔާރު މިސްކިތް - މާލެ
16. ރަން މިސްކިތް - މާލެ
17. ފައިފުހޭ މިސްކިތް - މާލެ
18. މާފަންނު އާ މިސްކިތް - މާލެ
19. ސަލާމް މިސްކިތް - ވިލިމާލެ
20. އިހްލާސް މިސްކިތް - ވިލިމާލެ
21. ބިއްރި މިސްކިތް - ވިލިމާލެ
22. ވައްގުއްބު މިސްކިތް - ހުޅުމާލެ 1
23. އަޒީޒާ މިސްކިތް - ހުޅުމާލެ 1
24. އުމަރު ބުނުލް ހައްތާބު - ހުޅުމާލެ 1
25. ވާލިދައިނި މިސްކިތް - ހުޅުމާލޭ 1
26. ހުޅުމާލޭ ވަގުތީ މިސްކިތް (ނޭބަހުޑް 3) - ހުޅުމާލޭ 1
27. ރަޝީދު މިސްކިތް - ހުޅުމާލޭ 1
28. އަޞްދިގާ މިސްކިތް - ހުޅުމާލެ 1
29. މުހައްމަދު މިސްކިތް - ހުޅުމާލެ 1
30. ހަސަން އާދަމް މިސްކިތް - ހުޅުމާލެ 1
31. އުސްމާން ބިން އައްފާން މިސްކިތް - ހުޅުމާލެ 2
32. އަބީބަކުރިނިއްސިއްދީގު މިސްކިތް - ހުޅުމާލެ 2

މީގެ އިތުރުބން އިޢްތިކާފަށް ތިބެން ބޭނުންވާ މީހުންނަށް އިޢްތިކާފު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަވައިފައިވާ މިސްކިތްތަކަކީ:-
1. އިސްލާމީ މަރުކަޒު - މާލެ
2. ވިޔަފާރިވެރިންގެ މިސްކިތް - މާލެ
3. ފުރުގާން މިސްކިތް - މާލެ
4. ޖަލާލުއްދީން މިސްކިތް - މާލެ
5. ޝަހީދު އަލީ މިސްކިތް - މާލެ
6. ނޫރު މިސްކިތް - މާލެ
7. ފަނޑިޔާރު މިސްކިތް - މާލެ
8. މާވެޔޮ މިސްކިތް - މާލ
9. އިހްލާސް މިސްކިތް - ހުޅުމާލެ 1
10. ވައްގުއްބު މިސްކިތް - ހުޅުމާލެ 1
11. އަޒީޒާ މިސްކިތް - ހުޅުމާލެ 1
12. ރަޝީދު މިސްކިތް - ހުޅުމާލެ 1
13. އަޞްދިގާ މިސްކިތް - ހުޅުމާލެ 1
14. މުހައްމަދު މިސްކިތް - ހުޅުމާލެ 1
15. ހަސަން އާދަމް މިސްކިތް - ހުޅުމާލެ 2
16. އަމީލް ޖަލީލް މިސްކިތް - ހުޅުމާލޭ 2

މާލޭ ސަރަހައްދުގެ 30 މިސްކިތެއްގައި ޙާފިޒުން ދަނީ ޚަތިމް ކުރާ އުސޫލުން އިމާމްވެ ތަރާވީޚް ނަމާދުކުރަމުންނެވެ. އަދި 18 މިސްކިތެއްގައި ޒަމާނުއްސުރެ ރާއްޖޭގައި ތަރާވީޚް ނަމާދު ކުރަމުންއަންނަ ގޮތައްވެސް ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top