Close

ކައުންސިލްތަކުން ޕާސްޕޯޓް ހެއްދުމުގެ ޚިދްމަތް ދެވޭނެ ގޮތް ހަމަޖައްސަނީ!

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ޕާސްޕޯޓް ހައްދައިދިނުމުގެ ޚިދްމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މީގެ ސަބަބުން ކައުންސިލްތައް ބާރުވެރި ކުރުވި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ލިބުމުގެ އިތުރުން ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ ކަމަށެވެ.

ޕާސްޕޯޓު ހެދުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ ރާއްޖޭގެ އަތޮޅުތަކާއި ސިޓީތަކުގައި ކަމަށްވާތީ، ޕާސްޕޯޓު ހެދުމަށްޓަކައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ހަމައެއާއިއެކު ޕާސްޕޯޓުގެ ހެދުމުގެ ހިދުމަތުގެ އިތުރުން އައިޑީ ކާޑު މިހާރު ކުރިއަށްދާ ތަރުތީބަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެކަން ކުރެވޭނެ ވިސްނުން ރައީސް ޑރ.މުއިއްޒު ހާމަކުރައްވައި، މިކަން ކުރެވޭނެ އިތުރު ގޮތްތައް ސަރުކާރުގެ ފަރާތުން ރާވަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި މިހާރުވެސް ރާއްޖޭގެ ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން މި ކަމުގެ ޝައުގުވެރިކަން ފާޅުކޮށް މިކަމާއި ގުޅޭ އިންތިޒާމްތައް ބައެއް ކައުންސިލްތަކުން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top