Close

17 ރަށެއްގެ ލެބޯޓަރީ އަށް ބޭނުންވާ ސާމާނު ހޯދުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި!

17 ރަށެއްގެ ލެބޯޓަރީ އަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ލެބޯޓަރީ އިކުއިޕްމަންޓު 17 ރަށަކަށް ހޯދައިދިނުމަށް ސޮއިކުރެވުނު "ލެޓަރ އޮފް އެކްސްޗޭންޖު" އެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްޚަތާއި ބެހޭ ވުޒާރާގައި މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންގ އަދި ރާއްޖޭގެ ސިއްޚަތަާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

މި ފަސް އަހަރުގެ މުއްދަތުގައި ޖުމްލަ 72 ރަށަކަށް ލެބޯޓަރީ އިކުއިޕްމަންޓް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

އޭގެތެރެއިން ރާއްޖޭގެ 17 ރަށަކަށް، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލެބޯރެޓަރީ އިކުއިޕްމަންޓު ފޯރުކޮށްދެވިގެން ދާނެއެވެ.

މިކަމުގެ ސަބަބުން ޞިއްޙީ މަރުކަޒުތަކުގައި ދެމުން ގެންދާ ޞިއްޙީ ޚިދުމަތް މިހާރަށްވުރެން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އަދި ލެބޯޓަރީގެ ޚިދުމަތް ގާއިމުވެފައިނުވާ ސިއްހީ މަރުކަޒުތަކުގައި މި ޚިދުމަތް ގާއިމުވުމުގެ ސަބަބުން ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދުމުގެ ފުރުސަތު ލިބި، ފަރުވާ އަވަސްވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top