Close

ދައުލަތުގެ މާލިއްޔަތު ހަރުދަނާވާނީ އެމްޑީޕީގެ އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން: ލަމްޢާން

ދައުލަތުގެ މާލިއްޔަތު ހަރުދަނާވާނީ އެމްޑީޕީގެ ދޯހަޅި އިޤްތިސާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

ލަމްޢާން މިހެން ވިދާޅުވީ އޭނާ ޓްވިޓަރ ގައި ކުރެއްވެވި ޓްވީޓެއްގައެވެ.

“ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން، މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު” ލަމްޢާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުރި ކަމަށެވެ.

އަދި އަދުގެ ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ ކަމަށާއި މުސްތަޤުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެނޑިޑޭޓުން ކަމަށްވެސް ލަމްޢާން ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔުންތައް ކުރިމަތިކުރަމުންނެވެ. ސަރުކާރުން ދަނީ ސަރުކާރުގެ ދިފާޢުގައި އަދި ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ކުރުމަށް އިދިކޮޅުގެ މިފަދަ ބަސްތަކަށް ހެއްކާއިއެކު ވަރުގަދަ ރައްދުތައް ދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top