Close

ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލު ކުރުމަކަށް އަލްވަދާޢެއެއް ނުކިޔާނެ: ޚުތުބާ

ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުުރު ޚުތުބާ ދީފައިވަނީ “ރަމަޟާން މަހަށްފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެ” މިމައުޟޫއަށެވެ.

“ރަމަޟާން މަސް އަހުރެމެންނާ އަލްވަދާޢު ކިޔަނީ، ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ، އެހެންކަމުން އަހަރެމެންނަށް އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައި ވިޔަސް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން، ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން، އަޅުކަން ކުރުމަކީ، އަހަރެމެން ޚަލްޤުކުރެއްވުމުގެ މަޤްޞަދު” މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އަޅުކަން ކުރުމަކީ ވަކި މޫސުމަކާއި ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށެވެ. ﷲ ތަޢާލާއީ ރަމަޟާން މަހާއި އެހެން މަސްމަހުގެ ވެސް ވެރިރަސްކަނލާންގެ ކަމަށެވެ.

މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫން ކަމަށާއި މުޅި ޙަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެ ބައެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވާ ކަމަށާއި ރަމަޟާން މަހަކީ އެފަދަ މޫސުމެއް ކަމަށާއި އަދި އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަމަށްެވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މިދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައި ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“ތިބާއީ ހެޔޮކަމަށް އެދޭމީހަކަށް ވާށެ، އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފާށެ، މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެ” ޚުތުބާގައި ބުނެފައިވެއެވެ.

މިއާއި އެކު ޝައްވާލް މަހުގެ ހަރޯދައިގެ މަތިވެރިކަން ބަޔާން ކޮށްދެއްވައިފައިވާ ޚަދީޘް ބަޔާން ކޮށްދެއްްވައިފައިވެއެވެ.

އެގޮތުން ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ ކަމަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅުގައި ވާކަމަށާއި، އެހެންކަމުން ޝައްވާލުމަހުގެ ހަރޯދައަށް ރައްކާތެރިވެ، ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

އަދި ހެޔޮ ޢަމަލުތަކަކީ ނުބައި ޢަމަލުތަކުގެ ކައްފާރާއެއް ކަމަށްވެސް ޚުތުބަގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top