Close

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިތުރުކުރުމަށް އިންޑިޔާއިން ކޯޓާ ބޮޑުކޮށްދީފި!

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިތުރުކުރުމުގެ ކޯޓާ އިންޑިޔާއިން ބޮޑުކޮށްދީފިއެވެ.

ރާއްޖެއާއި އިންޑިޔާ އއާި ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން'ގެ ދަށުން މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން ޚާއްޞަ އަގުތަކެއްގައި ރާއްޖެއަށް އެތަކެތި ލިބޭނެކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ. ޚާއްޞަ ކޯޓަގެ ދަށުން އިންޑިޔާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެއްޔެވެ.

މީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފައެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. އެއީ 25 އިންސައްތައިގެ އިތުރުވުމެކެވެ.

ކޯޓާ އިތުރުކޮށްދީފައިވާ ގޮތުގެ ތަފްޞީލް

■ ބިސް: 428 މިލިއަން

■ އަލުވި: 21،000 މެޓްރިކް ޓަނު

■ ފިޔާ: 36،000 މެޓްރިކް ޓަނު

■ ހަނޑޫ: 124،000 މެޓްރިކް ޓަނު

■ ފުށް: 109،000 މެޓްރިކް ޓަނު

■ ހަކުރު: 64،000 މެޓްރިކް ޓަނު

■ މުގު: 224 މެޓްރިކް ޓަނު

■ ހިލަ: އެއް މިލިއަން މެޓްރިކް ޓަނު

■ ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު

އަސާސީ ތަކެތި ރާއްޖެ އެތެރެކުރުމަށް އިންޑިއާއިން އެއްބަސްވުން އެންމެ ފަހުން އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުއެވެ. އެއްބަސްވުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top