Close

ސިޔާސީ ގޮތުން އެބޭފުޅަކާއި މެދު އެންމެ ފަޚުރުވެރިވާ ބޭފުޅަކީ ޢަބްދުއްރަޙީމް: ރައީސް މުޢިއްޒު

ސިޔާސީ ގޮތުން އެބޭފުޅަކާއި މެދު އެންމެ ފަޚުރުވެރިވާ ބޭފުޅަކީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުރަޚީމް ޢަބްދުﷲ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޢަބްދުރަޙީމްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ޢަބްދުރަޙީމްގެ ކިބައިގައި އެބަހުރިކަމަށެވެ.

ރައީސް ވަނީ ފޮނަދޫ ދާއިރާއަސް ކުރިމަތި ލައްވައިފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ތާއީދު އޮތް ބޭފުޅަކީ ޢަބްދުއް ރަޙީމް ކަމަށާއި އެންމެ ބޮޑު ތާއީދެއް ދެއްވާ ބޭފުޅަކަށް ޢަބްދުރަޙީމް ހައްދަވައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެން ފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އަދި އެންމެ ފަޚުރުވެރިވާ ސިޔާސީ ބޭފުޅަކީ ޢަބްދުއްރަޙީމް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޢަބްދުރަޙީމްއަކީ މިދިޔަ ހުރިހާ ދުވަހަކު ސިޔާސީ މަސައްކަތުގައި އެމަނިކުފާނަނަށް ދިމާވި ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިކަން ވެއްދެވި ބޭފުޅާކަމަށެވެ.

އަދި މަޖިލީހަށް ޢަބްދުރަޙީމް ހޮވައިފިނަމަ އޭނާ ކުރައްވާނެ މަސައްކަތްތަކަކީ ފޮނަދޫ ދާއިރާއަށް މުހިންމު މަސައްކަތްތަކަށް ވާނެ ކަމަށާއި އެ ދާއިރާއަށް ކުރިއެރުން ލިބެން އޮތީ ވެސް އޭނާ އެ މަގާމަށް އިންތިހާބުކޮށްގެންކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top