ރާއްޖެއަށް މިއަހަރުގެ ފިތުރު ޢީދު ދުވަހަކަށްވާނީ ބުދަދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
މިކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އިއްލާނު ކުރައްވައިފައެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވުނު ޖަލްސާގައި ހަނދާއި ގުޅޭ ގަރާރުގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި، އިސްލާމީ ގައުމުތަކަށްވެސް 1445 ވަނަ އަހަރު ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
އެހެންކަމުން، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ، 30 ރަމަޟާން 1445 ވާ އަންގާރަ ދުވަސްކަމަށް ޤަރާރުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ އިތުުރުން ސަޢުދީޢަރަބިއްޔާއަށްވެސް ޢީދު ވާނެ ކަމަށް ކަނޑައަޅައިފައިވަނީ ބުދަދުވަހުއެވެ.






