Close

އައްޑޫ ރައްޔިތުން އުއްމީދުކުރާ ތަރައްްޤީ އައްޑޫ އަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫ ސިޓީ އަށް ގެނައުމަށް އުއްމީދު ކުރާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު އަމީތަށް ތަރުހީބު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އިންތިޚާބުގައި ސަރުކާރާއި ރައްޔިތުންގެ ތަރައްގީއަށް ފުރުސަތު ފަހިކޮށް ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވައިފިނަމަ ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަކީ މި ސަރުކާރުން ގެންގުޅޭ ޤައުމީ ތަރައްގީގެ ޕްލޭނުގައި ވަރަށް މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށެވެ. އަދި މި ޕްލޭން ގެ ދަށުން އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާއިރު، އެކަން ހާސިލު ކުރުމަށްޓަކައި ސިޓީގެ ރައްޔިތުންގެ އެއްބާރުލުމުގެ މުހިންމުކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ތަރައްޤީގެ ޕްލޭންވެސް ފާސްވާން އޮތީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ 20 އަހަރުގެ ދުރު ރާސްތާ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކަމަށް ހާއްސަ ގާޤާނޫނެއް ހަދައިގެން ޤާނޫނަކުން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ލިބޭ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ގެނެސްދެއްވުމަށް ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top