ރައީސް ޑރ މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެްވުމަށް ލ.އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
މިއަދު ހެނދުނު ރައީސް މުޢިއްޒު ލ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް ޑރ މުޢިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުން ދެއެވެ.
ރައީސްގެ މިދަތުރުފުޅުގައި މިހާތަނަށް ލ.އަތޮޅުގެ މާވަށާއި އިސްދުއަށް ވަނީ ވަޑައިގެންފައެވެ. އަދި ލ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މިދަތުރުފުޅަށްފަހު އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.






