Close

ސީޕީގެ ސީދާ ހުއްދައާއި އެކު ނޫޫނީ އެސްއޯ ފުލުހުންނަށް ދެން ހަރަކާތްތެރި ނުވެވޭނެ!

ކޮމިޝަނަރ އޮފް ޕޮލިސްގެ ހުއްދައާއި ނުލައި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންގެ ސްޕެޝަލް ފޯސް އަށް ހަރަކާތްތެރި ނުވެވޭނެ ގޮތައް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމުގެ ދަށުން ހޯމް މިނިސްޓަރ ކަނޑައަޅުއްވައިފިއެވެ.

މިފަދައިން ނިންމާފައިވަނީ މިމަހު ނުވަ ވަނަ ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އާންމު ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި އެ ސްކޫލްގެ ހުއްދަ ނެތި ބާއްވަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ފުލުހުން ބޭނުންކޮށްގެން ބާރުގެ ބޭނުންކޮށްފައިވަނީ އެމަނިކުފާނުގެ އެންގުމާ ޚިލާފަށް ކަމަށާއި، އެކަން ހިގައިދިޔަ ގޮތް ތަހުގީގު ކުރުމަށް ރައީސް އަންގަވާފައިވަނިކޮށެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި ގޮތް ރިވިއު ކުރުމަށް ފަހު ފަސް ކަމެއް އިސްލާހު ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަންގަވާފައެވެ.

އެކަންކަމަކީ:.

1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާން ޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ޑިޕްލޮއި ކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ސީދާ ހުއްދަ ހޯދުން.

2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.

3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ރޭ ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން.

4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.

5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން

ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ ވިސްނުމަކީ އޯގާތެރި ކުލުނުވެރި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ރެޔާއި ދުވާލު ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top