Close

ފޮނަދޫގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢަކާއި، ބިންހިއްކުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްގެންދާނަން: ރައީސް މުޢިއްޒު

ލ. ފޮނަދޫގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢަކާއި، ބިންހިއްކުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ފޮނަދޫއަށް ގެންނަ ތަރައްޤީއަކީ ދެމެހެއްޓެނިވި ތަރައްޤީ ކަމަށާއި އޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި ގެދޮރުވެރިކަން ހިމެނޭކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީވެސް ގެދޮރުވެރިކަން ކަމަށާއި އެއީ، ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށެވެ.

“ކޮންމެ ރައްޔިތަކަށްވެސް އެއީ، މި ރަށްވިޔަސް، މާލޭގައި ހުރި މީހަކަށް ކަމުގައިވިޔަސް، ހަމަ އެންމެ ކުޑަކުޑަ އާބާދީ، 200 މީހުންގެ އާބާދީގެ ރަށެއްގެ މީހާއަށްވިޔަސް، އަސާސީ އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން. އެއީ، އެ ގެދޮރު ނުލިބި، އޭނާގެ ބޮލުގެ މައްޗަށް ހިޔާކުރެވިފައިވާ ހިޔާވައްސެއް، ފުރާޅެއް ނެތިއްޔާ، ދެން ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ. އެކަން އަދި އަމުދުން ފެންނާނެ، ބިން ނެތް، ބައިބޯ ރަށްރަށުގައި. އަރބަން ސެންޓަރެއްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޔަޤީންވެގެންދާނީ ގެދޮރުވެރިކަން” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޮނަދޫގެ ތަރައްޤީގައި އިތުރަށް ބިން ހިއްކަން ވަޢުދުވެ ވަޑައިންގެންނީ އެހެންވެގެން ކަމަށެވެ. އަދި ބިން ހިއްކުމާ އެކީގައި، ރާއްޖޭގެ އެކި ކަންކޮޅަށް ހައުސިންގ މަޝްރޫޢުތައް ބެހިގެންދާއިރުގައި، އެކި ސްކޭލްގައި އެކި ރަށްތަކުގައި ހިންގިގެންދާ ކަމަށެވެ.

“މި ރަށުގެ ތަރައްޤީގައި އަޅުގަނޑުމެންގެ ވިސްނުން މިހިރީ އެގޮތަށް. ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫޢަކާ އެކީގައި، ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫޢަކާ އެކީގައި ތަރައްޤީ ކުރިއަށް ގެންދިޔުން. އެ ވާހަކަ މި ދައްކަނީ. އަދި އެގޮތަށް ވަޢުދުވެސް ވެފައި އެވަނީ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top