Close

ހައްދުންމައްޗަކީ ތަރައްޤީގެ ވަރަށްމުހިންމު އަތޮޅަކަށް ހަދައިދޭނަން: ރައީސް މުޢިއްޒު

ހައްދުންމައްޗަކީ ތަރައްޤީގެ ވަރަށް މުހިންމު އަތޮޅަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާާޅުވީ ހައްދުންމަތީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެއަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި އެއަތޮޅުގެ ގަމަށް ވަޑައިގެން ގަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ގަމުގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންތައްތަކެއްގެ ވާހަކަ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދައްކާފައި ވާނެ ކަމަށާއި އެކަމާއި ގުޅޭ ވަޢުދުތަކެއްވެސް ވެފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، އެކަންކަން މިހާރު އެހެރީ ކަނޑައެޅިފައި ކަމަށާއި އެކަންކަމަށްޓަކައި އެކި މަރުޙަލާގައި މަސައްކަތްތައް ވަނީ މިހާރު ފެށިގެން ގޮސްފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގަމުގެ ތަރައްޤީގެ މަސައްކަތުގައި ޢަމަލީ ސިފަ ޖައްސައި، ޢަމަލީގޮތުން ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. ކޮންމެ ދާއިރާއެއްގައި ވިޔަސް އެ ދާއިރާއެއްގައި ހުރި ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމަކީ، މި ފަސް އަހަރުގެ ތެރޭގައި ޢަމަލީގޮތުން ނިންމައިދީ ފުރިހަމަކޮށްދޭނެ ކަންކަމަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މުޅި ރާއްޖޭގެ ތަރައްޤީއަށް ބަލާއިރުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މި ހައްދުންމަތި، މި އަތޮޅަކީ އިރާދަކުރެއްވިއްޔާ ތަރައްޤީގެ ވަރަށް މުހިންމު އަތޮޅަކަށް ވާނެ” ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިދިޔަ ދިގު މާޒީގައި ގިނަ ކަންކަން އެ އަތޮޅުގައި ނިސްބަތުން ނުކުރެވި އޮތުމުގެ ސަބަބުން، ފަހަތަށް ގޮސްފައިވާ ދިޔުން، ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މުޅި އަތޮޅުގެ ތަރައްޤީ، ހުރިހާ ދާއިރާއެއް ހިމެނޭހެން އަދި އަމުދުން މި އަތޮޅުގައި މި އެންމެ ބިން ބޮޑު ރަށް ކަމުގައިވާތީ، އެހާ ޕޮޓެންޝަލް އޮވެ، ކަންކަން ކުރެވެން އޮވެ، ނުކުރެވިފައި އޮތުމާ އެކީގައި، މިކަންކަން ނިމުމަކަށް ގެނެސްދީ، ތަރައްޤީގެ މި މަސައްކަތުގައި ތިޔަބޭފުޅުން އުންމީދު ކުރައްވާ ގޮތަށް ކަންތައްތައް އިރާދަކުރެއްވިއްޔާ ހާސިލުކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ގަމުގެ ތަރައްްޤީއަށްޓަކައި ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ވާހަކަ ވަނީ ފާހަގަކުރައްވައިފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top