Close

ކައްދޫ އެއަރޕޯޓް ތަރައްޤީ ކުރުމާއި އެކު ގާދޫގައި މެރިޓައިމް ހަބެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލ.ކައްދޫ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކޮށް ލ.ގާދޫގައި މެރިޓައިމް ހަބެއް ޤާއިމް ކުރުމާއި ގުޅޭ ފަހުމްނާމާތަކުގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކުރުން އޮތީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ލ އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ލ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.މި ރަސްމިއްޔާތުގެ ތެރެއިން، ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސްވަނީ ފަށްޓަވާފައެވެ.

އަދި މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފުތިތާޙް ކުރުންވެސް އޮތެވެ.ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނާ އެކުގައެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.

ސީ.އެމް.އޭ.ސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓަރމިނަލެއް ތަރައްޤީކުރާނެއެވެ.

މީގެ އިތުރުން ފިއުލް ފަރމްއާ އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ތަރައްޤީކުރެވޭނެއެވެ.ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖަހާނެއެވެ.މި ރަސްމިއްޔާތުގައިވަނީ ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާޙް ކޮށްފައެވެ. ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނަށެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމެވެ.

ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.ލާމު މެރިޓައިމް ހަބްގައި ގާދޫ ކޮންޒަރވޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ކްރޫޒް ޓަރމިނަލެއް ޤާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ޤާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގގެ ޚިދުމަތް ދިނުމާއި، އަދި އިކޯ ރިޒޯޓް ޤާއިމުކުރުން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top