Close

ބޭނުންވަނީ ނަތީޖާނެރެދިނުމުގައި ސްޕީޑުގައި ކުރިއަށްދާން: ރައީސް މުއިއްޒު

ބޭނުންވަނީ ނަތީޖާނެރެދިނުމުގައި ސްޕީޑުގައި ކުރިއަށްދާން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައަތޮޅު ފީއައްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށްވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތްކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާކަމުގައެވެ.

އެހެންކަމުން އެކަންކަން ހަޤީޤަތަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެކަންކަން އަވަހަށް ތަންފީޒުކުރުމަށް ފަސޭހަވެގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top