Close

ތިން ރަށެއްގައި މަސްފެކްޓަރީ އަޅަން ޗައިނާ ކުންފުންޏަކަށް!

ރާއްޖޭގެ ތިން ރަށެއްގައި މަސްފެކްޓަރީ އެޅުމަސް ޗައިނާ ކުންފުންޏަކާއި ހަވާލު ކޮށްފިއެވެ.

ދައުލަތުން ބުނެފައިވަނީ 175 މިލިއަން ޑޮލަރު މަޝްރޫއުގެ ދަށުން ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ގޮތުން ގދ. ފިޔޯރީ އާއި ދ. މާދެލީ ގައި މަސް ފެކްޓަރީ އަޅާނެ ކަމަށެވެ. މިދެރަށަކީ މުޅިން އަލަށް މަސް ފެކްޓްރީ އަޅާ ދެ ރަށެވެ.

ޗައިނާ ކުންފުންޏަށް ހަވާލުކުރި މަޝްރޫއު ގައި ފެލިވަރުގެ ކެޕޭސިޓީ އިތުރު 100 ޓަނަށް ބޮޑު ކުރެވޭނެ މިންވަރަށް ތަރައްޤީ ކުރުމަސް ވަނީ ހަމަޖެހިފައެވެ.

ފިޔޯރީ ގައި ހެދުމަށް ހަމަޖެހިފައިވަނީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީ އެކެވެ. މީގެ އިތުރުން މާދެލީ ގައި 50 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް އަޅަން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top