މާލެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ކ.އަތޮޅުން އއ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މިރޭގެ 21:15 އިން ފެށިގެން 12:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރާން ކަމަށް މެޓް އޮފީހުގެ ރީނދޫ ސަމާލުގައި ލަފާކޮށްފައިވެއެވެ.
މާލެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވާއިރު އިއްޔެވެސް މާލެއަސް ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. އަދި ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް ގޭގެއަށް ގެއްލުންވެ 6 ގެއެއްގެ މީހުންނަށް ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފައެވެ.
މާލޭގެ މަގުތަކުގައި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ސިފައިން ނުކުމެ ފެންހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މިރޭވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރައިފައިވެއެވެ.






