Close

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް!

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓްމއޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑުކުރެވުނު މާލެއަށް 14 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ މ. މުއްޔަށެވެ. އެގޮތުން މުއްޔަށް 9.6 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވެއެވެ.

ތިންވަނައަށް އެންމެ ގިނަ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވާ ބ. ގޮއިދޫއަށް 5.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދެން އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވުނީ ހުޅުލެއަށެވެ. ހުޅުލެއަށް 4.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތައް ބަލާއިރު، އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނީ ވައި އެނބުރި މަޑުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

މީގެއިތުރުން މިއަދުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައިކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top