Close

ލައިސެންސް ފީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދަނީ!

ލައިސެންސް ފީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުމަށް ނިންމައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، ކައުންސިލުތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށެވެ.

އެހެންކަމުން އެކަމަށް ޙައްލެއް ހޯދައިދެއްވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު، ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ނިންމަވާފައި އޮތީ، ކައުންސިލްތަައް ބާރުވެރިކުރުވުމަށްޓަކައި އެ ކައުންސިލްތަކަށް ލިބެން އޮތް އެންމެ ބޮޑު މިނެއްގައި އެ ބަޖެޓްތައް ދޫކުރެއްވަން ކަމަށާއި ހަމަ އެއާއެކީގައި ކައުންސިލްތަކުން ކުރާ މަސައްކަތަކަށް އެ ޚިދުމަތަކަށް އަގު ނުލިބޭ ކަމުގައިވަނީނަމަ ދަތިތަކެއް ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ލައިސަންސް ދޫކުރުމުގެ ޚިދުމަތަށް ދައްކަން ޖެހޭ ފައިސާ ދައްކަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށެވެ. އެހެންކަމުން އެ ޚިދުމަތުގެ އެއްވެސް ނަފާއެއް ކައުންސިލްތަކަކަށް ނުލިބެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މި އަންނަ މަހުގެ 1 އިން ފެށިގެން ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލްތަކަށް، އެ މަސައްކަތުގެ އަގުގޮތުގައި ދައްކަން ޖެހޭ ފީއަކީ އެ ކައުންސިލްތަކަށް ލިބެން ޖެހޭ ފީއެއްގެ ގޮތުގައި ހަމަޖައްސާފައި ވާކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ކަނޑުދަތުރުކުރާ އުޅަނދުތައް، އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތުވެސް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މި މުއްދަތު އިތުރުކުރަން ނިންމާފައިވަނީ 5 އަހަރަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top