Close

ފަތިުވާދޭ އެންމެ މަތީ މަޖިލީހަށް ޑރ ޢަލީ ޒާހިރު އަދި ޑރ އަންވަރު އައްޔަނުކޮށްފި!

ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި ޑރ މޫސާ އަންވަރު ހަސަން އައްޔަނުކުރައްވައިފިއެވެ.
މިދެބޭފުޅުން އެމަޖިލީހަށް އައްޔަނުކުރެއްވެވީ ރައީސް ޑރ މުޙައްމަދު މުއިއްޒުއެވެ.
ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ޤައުމީ ޔުނިވަސީޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ގޮތުގައި މިއަދު މި ދެބޭފުޅުން ފަތުވާދޭ މަޖިލިހަށް އައްޔަނުކުރެއްވި އިރު ޑރ އަލީ ޒާހިރަކީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުގައި މިހާރު ތިއްބެވި ބޭފުޅުން:
1. ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް
2. ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު
3. ޑރ މޫސާ އަންވަރު ހަސަން
4. ޑރ ޢަލީ ޒާހިރ ުބިން ސަޢީދު ޤާސިމް
5. ޝެއިހް އިލްޔާސް ހުސެއިން

އިސްލާމީ ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ މަޖިލީހެކެވެ.
ފަތުވާ މަޖިލީހުގައި ތިއްބަވަނީ އިސްލާމީ ވުޒާރާގެ ވަޒީރުގެ ލަފާގެ މަތިން އައްޔަންކުރާ މެމްބަރަކާއި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އިތުރު ތިން މެންބަރުންގެ މައްޗަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ތިއްބަވަން ޖެހޭނީ އިސްލާމީ ފިޤްހު ނުވަތަ ފިޤްހު މުގާރަން ނުވަތަ އުސޫލުލް ފިޤްހު ނުވަތަ އިސްލާމީ ޝަރީއާއިން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް ޢަރަބި އިސްލާމީ ޔުނިވަސިޓީއަކުން ޢަރަބިބަހުން ނުވަތަ އިނގިރޭސި ބަހުން ޙާޞިލުކޮށް އަދި އެ ދާއިރާއިން ދިވެހިރާއްޖޭގައި މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top