Close

ކައްދޫ އެއަރޕޯޓުގެ ހިންގުން އާރްއޭސީއެލް އާއި ހަވާލުކޮށްފި!

ލ.ކައްދޫ އެއަރޕޯޓުގެ ހިންގުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

އާރްސީއެލް އިން މިކަމާއި ގުޅިގެން ބުނެފައިވަނީ އިއްޔެއިން ފެށިގެން ކައްދޫ އެއާޕޯޓް ހިންގުން ވަނީ އެކުންފުންޏާ ހަވާލުކޮށްފައި ވާކަމަށެވެ.

އަދި މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށް ވެސް އާރްސީއެލް އިން ބުނެފައިވެއެވެ.

އާރްއޭސީއެލް އިން ބުނެފައިވަނީ ރައީސް ޑރ މުޢިއްޒުގެ މިނިންމެވުމާއި އެކު ކައްދޫ އެއަރޕޯޓްގެ %100 ހިއްސާދާރެއްގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވެގެންގޮސްފައިވާ ކަމަށެވެ.

ކައްދޫ އެއަރޕޯޓް އަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓް ތަކުގެ ތެރެއިން އެއް އެއަރޕޯޓްއެވެ.

ލ. ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމަކީ ރައީސް ޑރ މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ޗައިނާގެ ސީ އެމް ސީއީ ކުންފުންޏާ އެކު މި ހިނގާ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ވަނީ ފަހުމުނަމާއެއްގައި ސޮއި ކުރެވިފައެވެ.

ކައްދޫ އެއަރޕޯޓްގެ ހިންގުމަށް މިއައި ބަދަލާ އެއްކޮށް، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ދަނީ ކައްދޫ އެއަރޕޯޓް މިހާރު ހިންގަމުން އަންނަ ކޭ އޭ ސީ އެލް އާއެއްކޮށް އެއަރޕޯޓްގެ އޮޕަރޭޝަންއާ ހަވާލުވުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ތައްޔާރު ވަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކައްދޫ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށަށް ގެނެވުމާއެއްކޮށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރަމުންއަންނަ އެއަރޕޯޓް ތަކުގެ އަދަދު ވަނީ 8 ކަށް އަރާނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top