ރައީސް ޑރ މުޙައްމަދު މުޢިއްޒު ޝަރުޢީ ދާއިރާ ނުފޫޒުން އެެއްކިބާވެފައިވާކަން ޔަޤީންކޮށްދެއްވައިފި ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިއޮތް 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށް އެމަނިކުފާނު މިނިވަން ވުމާއި ގުޅިގެން ޢަބްދުއްރަޙީމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފި ކަމަށެވެ.
“ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު.ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު.ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން” ޢަބްދުއް ރަޙީމް ވިދާޅުވެފައިވެއެވެ.
الحمدللہ!
ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު!ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު.ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއވައިފީމު.ޝަރުޢީ ދާއިރާ އަކީ… pic.twitter.com/IpWie00yYx— Abdul Raheem Abdulla (@Banafsaa) April 18, 2024
ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމް ބާތިލްކޮށް ރައީސް ޔާމިން ވަނީ މިނިވަންކޮށްފައެވެ. އަދި ކުރިން ކޮށްފައިވާ ޙުކުމްތައް އަލުން މުޠާލަޢާ ކުރުމަށްވަނީ ފޮނުވައިފައެވެ.







