Close

ސާބިތުވެގެންދިޔައީ ރައީސް ޔާމިން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީއިންކަން: ހީނާ

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމުން ސާބިތުވެގެން ދިޔައީ އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީ އިންކަން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ކޮށްފައި އޮތް 11 އަހަރުގެ ޖަލު ޙުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމާއި ގުޅިގެން ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

ހީނާ ވިދާޅުވެފައިވަނީ ހާމަވެގެން އެދިޔައީ ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތުން މަޙްރޫމްކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސީދާ އެމްޑީޕީންކަން ކަމަށާއި އެއްވެސް ލުޔެއްނުދީ ރޯދަމަހުވެސް ޖަލުގޮޅީގައި ބޭއްވީ ހަމަ އެމްޑީޕީންކަން ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

“ މިއަދު ރައީސް ޔާމީން މިނިވަންވެގެން އެދިޔައީ ޝަރުޢީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތި” ހީނާ ވަލީދު

ހީނާ އިތުރަށް ވިދާޅުވީ ރައީސް ޑރ މުޢިއްޒު އެމަނިކުފާނުގެ ވަޢުދުފުޅު ފުއްދަވައިފިކަމަށާއި، ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއްނެތްކަން ވަރަށް ސާފުކޮށް ސާބިތުވެއްޖެ ކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ރައީސް ޔާމިންގެ މައްޗަށް ކުރިން ކޮށްފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ޙުކުމް ބާތިލް ކޮށް އެމަނިކުފާނު ވަނީ މިހާރު މިނިވަން ކޮށްފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރި ޙުކުމްތައް މުޠާލަޢާ ކުރުމަށް ވަނީ މިހާރު ފޮނުވައިފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top