Close

ގިރާވަރުފަޅާއި ގުޅިފަޅުގެ ބާކީ ހިއްކަން އޮތް ބައިގެ މަސައްކަތް އެމްޓީސީސީއަށް!

ގިރާވަރުފަޅާއި ގުޅިފަޅުގެ ބާކީ ހިއްކަން އޮތް ބައިގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ޠަޢާމް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ.

މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔާތްކުރުމުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

މި މަސައްކަތް އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ 5 މަސްދުވަހުން ނިންމާގޮތަށެވެ.

ނިމިދިޔަ ސަރުކާރުން ގުޅިފަޅުން ހިއްކަން ނިންމާފައި އޮތީ 150 ހެކްޓަރުގެ ބިމެވެ. އަދި ގިރާވަރު ފަޅުން ހިއްކަން ނިންމާފައި އޮތީ 160 ހެކްޓަރެވެ. ނަމަވެސް ގުޅިފަޅު އަދި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކުމަށް މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.އެގޮތުން ގުޅިފަޅަށް އިތުރު 85 ހެކްޓަރު އަދި ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ރައީސް ވަނީ ނިންމަވާފައެވެ.

ސަރުކާރުން މިހާރު ވަނީ މި ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭންވެސް އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭންގެ އެކުލަވާލުމާއެކު ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 5432 ގޯތީގެ ތެރެއިން، 1347 ގޯތި ގުޅުފަޅަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ ފުރުޞަތަށް ކުރިމަތިލުމަށް މިހާރު އޮތީ ހުޅުވާލާފައެވެ.

މީގެއިތުރުން ގުޅިފަޅުގައި އަޅަން ނިންމި ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމެވުން އެކަމަށް ހާއްސަކޮށްފައި އޮތް 60 ހެކްޓަރެއްހާ ބިމުންވެސް ގޯތި ދިނުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top