Close

އައްޑޫ ހިތަދޫ މެދު ގޮނޑި ނޫސްވެރިޔާ އަޒާން ކާމިޔާބު ކުރައްވައިފި!

އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ ގޮނޑި މަޝްހޫރު ނޫސްވެރިޔާ އަދި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަޒާން ކާމިޔާބު ކުރައްވައިފިއެވެ.

އައްޑޫ ހިތަދޫ މެދު ދާއިރާ އުފެއްދި ފަހުންވެސް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިއީ އެމްޑީޕީ އެހެން ޕާޓީއަކުން މިގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މިހާތަނަށް އިޢްލާނު ކުރެވިފައިވާ އެދާއިރާގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ހުރިހާ ފޮއްޓަކުންވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިފައިވަނީ އަޒާންއެވެ.

އަޒާން އަކީ މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ގިނަ ކަންތައްތަކެއް ޢާންމުނަށް ތިލަވާހެން ގެނެސްދެއްވި ކުޅަދާނަ ނޫސްވެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top