އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލިސް ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ.
ވޯޓުލުން ނިމި ވޯޓު ގުނައި ވަގުތީ ނަތީޖާ އިޢްލާނު ކޮށްފައިވާއިރު 57% ވޯޓު ޝާހިދު ވަނީ ކާމިޔާބުކުރައްވައިފައެވެ.
ޝާހިދުއަކީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރުކަން 18 ވަނަ މަޖިލީހުގައިވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
މިދާއިރާއަށް ވޯޓުލުމުގެ ހައްޤު 2843 މީހަަކަށް ލިބިފައިވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއެއް ހިމެނެއެވެ. މިއިންތިޚާބުގައި ޖުމްލަ 368 ކެންޑިޑޭޓެއް ވާދަކުރެއްވިއެވެ.
އައްޑޫ ހިތަދޫ މެދު ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކުރައްވައިފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދް އަޒާނެވެ. އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑި އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ.







