Close

އައްޑޫ ފޭދޫ ދެކުނު ގޮނޑި ސަރުކާރު ކެންޑިޑޭޓް އިބްރާހިމް ދީދީއަށް!

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްދޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ކާމިޔާބު ކުރައްވައިފިއެވެ.

މި ދާއިރާގެ ގޮޑިއަށް އައިބީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެއްވެސް ވަނީ ވާދަކުރައްވައިފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އައިބީ ކާމިޔާބު ހޯއްދަވައިފައިވަބީ 200 ވޯޓުގެ ކުރިއެރުމަކާއި އެކުއެވެ.

މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީ އިންނެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށްލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި 34 ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޖަލުތަކުގައި 5 ފޮށި އަދި ރާއްޖޭން ބޭރުގައި 3 ފޮށި ވަނީ ބަހައްޓާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top