މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ.ފޮނަދޫ ދާއިރާގެ ގޮނޑި ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.
ފޮނަދޫ ދާއިރާގެ ގޮނޑި ޢަބްދުއްރަޙީމް ކާމިޔާބު ކުރެއްވެވީ 5 ކެންޑިޑޭޓަކާއި ވާދަކުރައްވައިގެނެވެ.
ޢަބްދުއްރަޙީމް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
ޢަބްދުރަޙީމް އަކީ ވެރިކަން ކުރާ ޕީއެންސީގެ ރައީސް ވެސް މެއެވެ.
ފޮނަދޫ ދާއިރާގެ ގޮނޑި ޢަބްދުއްރަޙީމް ކާމިޔާބު ކުރައްވައިފައިވާއިރު އައްޑޫ ސިޓީގެ މެޖޯރިޓީ ނަގައިފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިންނެވެ.






